#ClimateStrikeMV #SaveMaldives

LIST OF DEMANDS TO THE GOVERNMENT OF MALDIVES – 26 September 2019

This revised list of demands was sent on 10 October 2019, to the following Government offices and the People’s Majlis.

President’s Office / Ministry of Environment / Environmental Protection Agency / Ministry of National Planning and Infrastructure / Ministry of Tourism.

Speaker of the People’s Majlis / Deputy Speaker of the People’s Majlis / Secretary General / Counsel General / Majority Leader / Minority Leader / PPM PG Group Leader

We demand the government of Maldives to take immediate action on the following.

1 – Decommission Mahaa Jarraafaa and stop the reclamation of reefs, lagoons and all other fragile ecosystems and protect ecological biodiversity for future generations.

2 – Make environmental protection and climate change resilience the primary focus of the proposed National Development Plans to ensure future generations have a home.

3 – Immediately stop the sale, removal and transportation of trees to green resorts and artificial islands and implement a nationwide tree-planting program.

4 – Immediately stop the destruction of land-based ecosystems, preserve all arable land to safeguard food -security, local food production systems and resilience, and stop the allocation of islands for more resort developments.

5 – Reduce desalinated water dependency, re-introduce rain-water harvesting as a key component of integrated water resource management to improve water security.

6 – Stop the introduction of incinerators as a waste-management solution and focus on zero-waste policy by initiating the following:

  1. Ban single-use plastics
  2. Immediately recall all plastics endorsed with the EPA logo and inform the public about the environmental hazards of microplastics
  3. Stop the production of plastic bottled water and drinks and introduce sustainable alternatives

7 – Stop fossil fuel-based power generation and switch to renewable clean energy technologies for all energy needs to eliminate air-pollution.

8 – Phase-out fossil fuel-based vehicles, establish vehicle limits in all islands and introduce viable clean energy public transport systems.

9 – Stop ecologically destructive ‘white-elephant’ airport projects and preserve natural assets for future generations.

10 – Take immediate steps to decongest greater Malé and decentralise service delivery to ensure, habitability, liveability, public health and human wellbeing in our communities.

11 – Take immediate measures to protect and preserve natural climate buffers and make climate change adaptation an urgent priority, investing in nature-based flood control mechanisms to reduce the impact of climate related disasters.

12 – Take immediate and concrete measures to incorporate environmental and climate change education into the school curriculum to equip future generations for climate resilience.

13 – To proactively disclose the details of funding and expenditure for climate change mitigation and adaptation programmes and projects, with information about decision-making processes on project location and implementation, and ensure meaningful public consultation and participation from project design to completion.

އެންމެފަހުން އެކުލަވާލެވުނު ތިރީގައިވާ ޑިމާންޑުތަކުގެ ލިސްޓު 10 އޮކްޓޫބަރު 2019 ވަނަ ދުވަހު ސަރުކާރުގެ ތިރީގައިވާ އޮފީސްތަކަށާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާއާއި އިސް ފަރާތްތަކަށް ފޮނުވާފައިވާނެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް / މިނިސްޓްރީ އޮފް އެންވައިރަމަންޓް / އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ / މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާ ސްޓަކްޗަރ / މިނިސްޓްރީ އޮފް ޓޫރިޒަމް.

ރައްޔިތުންގެ މަޖިލިހުގެ : ރައީސް / ނައިބު ރައީސް / ސެކެޓްރީ ޖެނެރަލް / ކައުންސަލް ޖެނެރަލް / މެޖޯރިޓީ ލީޑަރ / މައިނޯރިޓީ ލީޑަރ / ޕީ.ޕީ.އެމް ޕީ.ޖީ ގުރޫޕް ލީޑަރ.

 

ދިވެހި ސަރުކާރުގެ ފަރާތުން ތިރީގައިވާ ޑިމާންޑު ތަކަށް މިހާރުން މިހާރަށް އަމަލުކުރުމަށް ގޮވާލަން

 

1 – ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ދިރުންތައް އަންނަންއޮތް ޖީލުތަކަށް ރައްކާތެރި ގޮތުގައި ވާސިލުކުރުމަށް
މިހާރުން މިހާރަށް ފަރުފަޅު ހިއްކުން ހުއްޓާލާ މަހާޖައްރާފާ އެހެލުން

2 – ގައުމީތަރައްޤީގެ ޕްލޭން ތަކުގައި ރާއްޖޭގެ ވިލުންވެރިކަމަކީ އެންމެއިސްކަން ކަމުގައި ހިމެނުން

3 – ރިސޯޓުތައް ފެހިކުރަން ރަށްރަށުގެ ރުއްގަސް ވިއްކާ، ކޮނެނަގައިގެން ގެންދިއުން މިހާރުން މިހާރަށް ހުއްޓުވުން

4 – ކާބޯތަކެތީގެ ރައްކާތެރިކަމާ ޔަގީންކަން ކަށަވަރުކުރުމަށް ދަނޑުގޮވާންކުރެވޭ ބިންތައް ސުންނާފަތިކުރުން މިހާރުންމިހާރަށް ހުއްޓުވުން،
އަދި ރިސޯޓުހެދުމަށް އިތުރު ރަށްތައް ދޫކުރުން ހުއްޓާލުން

5 – ފެންލިބުން ކަށަވަރުކުރަން ވާރޭފެން ނެގުމުގެ ނިޒާމުއަލުން އާލާކޮށް ޑީސެލިނޭޝަނަށް ބަރޯސާވުން ކުޑަކުރުން

6 – އިންސިނަރޭޓަރު ތައާރަފުކުރުން ހުއްޓާލުމާއެކު ކުނިނައްތާލުމުގެ ލަނޑުދަނޑިއަކީ ޒީރޯވޭސްޓް ނިޒާމަކަށް އަމާޒުހިފުމަށް –
ހ) އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަނާކުރުން
ށ) އީ.ޕީ.އޭ ލޯގޯ ޖެހިޕްލާސްޓިކު މިހާރުންމިހާރަށް އަނބުރާގެންގޮސް، އާންމުންނަށް މައިކްރޯޕްލާސްޓިކްގެ ގެއްލުންތައް ހާމަކޮށްދިނުން
ނ) ޕްލާސްޓިކް ފުޅިތައްޔާރުކުރުން ހުއްޓާލައި ދެމެހެއްޓެނިވި އެހެންގޮތްތައް ތައާރަފުކުރުން

7 – ވައި ތަޣައްޔަރުވުން ހުއްޓުވުމަށް ތެލުގެ ހަކަތަބޭނުންކުރުން ހުއްޓާލައި އިއާދަ ކުރުވަނިވި ހަކަތަ އުފައްދާ ޓެކްނޮލޮޖީތަކަށް ބަދަލުކުރުން

8 – ތެލަށް ބަރޯސާވާ އުޅަނދުތައް މަދުކޮށް، އުޅަނދުމަދުކުރުމުގެ ހައްދުކަނޑައަޅާ ސާފުހަކަތަ ބޭނުންކުރާ އާންމު ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުން

9 – ތިމާވެށްޓާއި ދިރުންތައް ނެތިދާފަދަ އެއާޕޯޓު މަޝްރޫއުތައް ހުއްޓާލާ އަންނަންއޮތް ޖީލުތަކަށް ގުދުރަތީވަސީލަތްތައް ވާސިލުކުރުން

10 – ގްރޭޓާ މާލެ ސަރަހައްދު ތޮއްޖެއްސުން މިހާރުން މިހާރަށް ހުއްޓާލާ އިންސާނުންނަށް ދުޅަހެއު ދިރިއުޅުމެއް އުޅެވޭނެފަދަ ވެއްޓެއް ގާއިމުކުރުމަށް ޚިދުމަތްތައް ލާމަރުކަޒުކުރަން ފެށުން

11 – މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާނެ ކާރިސާތަކުގެ ގެއްލުން ކުޑަކޮށް ރައްކާތެރިވުމަށްޓަކައި ޤުދުރަތީ ދިފާއީ ނިޒާމުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކުރުމަށް ގުދުރަތީ ނިޒާމުތައް ދެމެހެއްޓުމަކީ އިސްކަންދޭންޖެހޭ ކަމެއްގޮތުގައި ކަނޑައަޅާ އަމަލުކުރުން

12 – އަންނަންއޮތް ޖީލުތައް މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުކޮށް އެމީހުންގެ ވިލުންވެރިކަން އިތުރުކުރުމަށް ސްކޫލްތަކުގެ މަންހަޖަށް މޫސުމަށް އަންނަބަދަލުތަކާއި ތިމާވެށި ދެނެގަތުމުގެ މައުލޫމާތު ލުމަށް މިހާރުންމިހާރަށް މަސައްކަތް ފެށުން

13 – މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށާއި، ރަށްރަށުގެ ވިލުންވެރިކަން އިތުރުކުރުމަށް ޕްރޮޖެކްޓުތަކާއި ޕްރޮގްރާމު ހިންގުމަށް ހޯދާ އެހީގެ ފައިސާގެ އަދަދާއި ޚަރަދުކުރި ގޮތުގެ ތަފްސީލީ މައުލޫމާތާއި އެޕްރޮޖެކްޓުތައް ހިންގުމަށް ޚިޔާރުކުރާ ތަންތަނާއި ތަންފީޒުކުރުމުގެ ކަންކަންނިންމިގޮތުގެ ފުރިހަމަ މައުލޫމާތު ހާމަކުރުމުގެ އިތުރުން، ޕްރޮޖެކްޓު ފަރުމާކުރަން ފެށިގެންނިމެންދެން ރަށުގެ ރައްޔިތުންގެ މައުނަވީ ބައިވެރިވުން އޮތުން